ފާހާނާ ކުރަން ވަދެ ފާހާނާގައި ގިނައިރު ހޭދަ ކުރުމަކީ އަހަރުމެންގެ ތެރޭގައި މިހާރު އާއްމުވަމުން އަންނަ އާދަ އެކެވެ. އެހެން ނަމަވެސް ޑޮކްޓަރުން މިވަނީ އެގޮތަށް ކަންތައް ކުރާ މީހުންނަށް ވަރުގަދަ އިންޒާރެއް ދީފަ އެވެ.
މިކަމާ ބެހޭގޮތުން ވާހަކަ ދައްކަމުން ޑޮކްޓަރުންގެ ޓީމަކުން ބުނެފައިވަނީ މާ ގިނައިރު ފާހާނާ ތަށިމަތީގައި އިށީނދެ އިނުމަކީ ޖިންސީ ގުނަވަން ހިމެނޭ ސަރަހައްދުގެ މަސްތަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
އެގޮތުން އެގޮތަށް މާ ގިނައިރު އިންނަނަމަ ހަށިގަނޑުގެ ލޭ ދައުރުވުމަށް ބުރޫ އަރައި ލޭ ގަނޑުވުމުގެ ފުރުސަތު ދެގުނައަށް ބޮޑުވާ ކަމަށް އެ ފަރާތްތަކުން ފާހަގަކުރި އެވެ.
އެއާއެކު ފާހާނާ ތަށިމަތީގައި އިންނަން ޖެހޭ ގޮތުން މާ ގިނައިރު އޭގައި އިށީނދެ އިންނަނަމަ ބޮޑު ގޮހޮރު ފިިތި ހަޖަމުގެ ނިޒާމަށް އުނދަގޫތަކެއް ކުރިމަތި ކުރުވާ ކަމަށް ވެސް މާހިރުން ބުނެ އެވެ.
އެގޮތުން ބޮޑުކަމުދިއުމާއި ކުޑަކަމުދިއުމަށް ފާހާނާގައި ހޭދަކުރަން އެންމެ ރަނގަޅީ އެންމެ ގިނަވެގެން ވެސް 10 މިނެޓު ކަމަށް އެފަރާތްތަކުން ބުނެފެއިވެ އެވެ.
އެހެން ކަމުން ފާހާނާއަށް ވަންނައިރު ފޯނު ހިފައިގެން ވަނުން ހުއްޓާލުމަށާއި ފާހާނާގައި ބޭކާރު ކަންކަން ކުރުން މަދުކުރަން ޑޮކްޓަރުން ލަފާދެ އެވެ.
ލަވައެއްގެ މައްސަލާގައި ނޯރާއަށް އިންޒާރެއް!
ޅަފަތުގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭންވީ މިހެންވެ!
އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މައުރޫފު މަގާމުން ވަކިކޮށްފި
ނުވާނެ ތިކަމެއް. އެއީ މަގޭ ފެވަރިޓް ޕްލޭސް