އައިޖީއެމްއެޗްއާ ދިމާލުން މޫދުގައި ޒަހަމްތަކާ އެކީ އޮއްވާ މިއަދު މެންދުރު ފެނުނު މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މި ހާދިސާގައި މަރުވީ މ. ބްލޫހޯމް، އަހުމަދު ނަދީމް އެވެ. އޭނާގެ ޖަނާޒާ އޮތީ މިރޭ 12:30 ގައި އާ ސަހަރާގަ އެވެ.
އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބޮލަށް އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެ ޒަހަމްތައް ލިބުނީ އުޅަނދެއްގައި ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
ހޮރްމޫޒް ކަނޑުއޮޅި އެމެރިކާގެ ތަނެއްގެ ގޮތުގައި ކަނޑައަޅަނީ
އީރާނުގެ ކަނޑު ބަންދުކޮށް އިގްތިސާދީ ފިއްތުން އިތުރު ކުރަނީ