އުމުރުން ދުވަސްވަމުންދާވަރަކަށް ހަށިގަނޑުގެ ބާރު ދަށްވެ ބަލިތަކުގެ ފުރުސަތު ބޮޑުވުމަކީ ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އެހެން ނަމަވެސް ދުރާލާ އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ދިމާވެދާނެ ހިތާމަވެރި ހާދިސާއަކުން ދުރުވެވިދާނެ އެވެ.
އެގޮތުން އުމުރުން 30 އަހަރު ވުމުން ހަށިގަނޑުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ގަވާއިދުން ޑޮކްޓަރަށް ދައްކައި ބައެއް ޓެސްޓުތައް ހަދަން ޖެހެ އެވެ. އެފަދަ ޓެސްޓުތަކަށް ބަލާލާނަމެވެ.
ބްލަޑް ޕްރެޝަރު/ ކޮލެސްޓްރޯލް
ލޭ މައްޗަށް ދިއުމާއި ކޮލެސްޓްރޯލް މަތިވުމަކީ ހިތުގެ ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، މިޓެސްޓުތައް ހެދުމުން ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ މި ދެ ސަބަބު ދެނަގަނެ ފަރުވާ ހޯދަން ފަސޭހަވެ އެވެ.
ތައިރޮއިޑް ފަންކްޝަން
ތައިރޮއިޑް ބައްޔަކީ ފަލަވުމާއި ހަނދާންނެތޭ ބައްޔާއި، ރާއްޖެ ބަލި އަދި ބޮލުން އިސްތަށި ފޭބުން ފަދަ ކަންކަން މެދުވެރިކުރުވާ ބައްޔެކެވެ. އެހެންކަމުން ތައިރޮއިޑް ޓެސްޓުތަކުން ތައިރޮއިޑް ހުރި މިންވަރު ދެނެގަނެވޭނެ އެވެ.
ކާޑިއޮލޮޖީ ފަންކްޝަން
ހިތުގެ ބައްޔެއް ހުރިތޯ ބެލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވަރަށް މުހިއްމު ކަމެކެވެ. އަދި ގަވާއިދުން މިޓެސްޓުތައް ހެދުމުން ހިތުގެ މައްސަލައެއް ހުރިނަމަ ބަލީގެ ކުރީކޮޅުގައި ދެނެގަނެ ފަރުވާ އަވަސް ކުރެވޭނެ އެވެ.
ޖިންސީ ބަލިތައް (އެސްޓީޑީ)
30ގެ އަހަރުތަކަކީ ޖިންސީ ގޮތުން އެންމެ ހަރަކާތްތެރި އަހަރު ތެކެވެ. ގަވާއިދުން މިފަދަ ޓެސްޓުތައް ނުހަދައިފިނަމަ ފަހުން ހިތާމަކުރަން ޖެހޭ ފަދަ ހާލަތެއް މެދުވެރިވެދާނެ އެވެ.