މުނިފޫހި ފިލުވުމުގެ ދާއިރާއަކީ ދުނިޔޭގެ ގިނަ ބަޔަކު އެ ދާއިރާއަކަށް ޝައުގުވެރިވާ އެ ދާއިރާގެ ފިލްމުތައް ވެސް ގަވާއިދުން ބަލާ ދާއިރާއެކެވެ. އެހެން ނަމަވެސް އެ ދާއިރާގެ ތާރީހާ ބެހޭގޮތުން އެނގެނީ ކުޑަ މިންވަރެކެވެ.
މި ލިޔުމުގައި މި ބަލާލަނީ މުނިފޫހި ފިލުވުމާ ގުޅިފައިވާ ޝައުގުވެރި ބައެއް ވާހަކަ ތަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ އެ ދާއިރާގެ ބައެއް "ފެކްޓްސް" ތަކަށެވެ.
1. ދުނިޔޭގައި އެންމެ ފުރަތަމަ ފިލްމަކީ 1888 ވަނަ އަހަރު ލުއިސް ލެ ޕްރިންސް ޑައިރެކްޓްކުރި ފިލްމެއް ކަމަށްވާ "ރައުންޑްހޭ ގާޑެން ސީން" އެވެ.
2. ހޮލީވުޑް އުފެދިގެން އެއީ އޭގެ 30 ކަށް އަހަރު ފަހުން 1911 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ސްކުއާ މޭން"އާ އެކުގަ އެވެ. އެ ފިލްމުގެ ޑައިރެކްޓަރުންނަކީ ސެސިލް ޑެމިލްއާއި އޮސްކާ އަޕްފެލް އެވެ.
3. ދުނިޔޭގައި އެންމެ ފުރަތަމަ ރިލީޒް ކުރެވުނު ތުރީ ޑީ ފިލްމަކީ 1922 ވަނަ އަހަރު ނެރުނު ފިލްމެއް ކަމަށްވާ "ދަ ޕަވާ އޮފް ލަވް" އެވެ.
4. އަޑު އަޅައިގެން އާއްމުންނާ ހިސާބަށް އައި އެންމެ ފުރަތަމަ ފިލްމަކީ އެލަން ކްރޮސްލެންޑް ޑައިރެކްޓް ކޮށްދިން "ދަ ޖޭޒް ސިންގާ" އެވެ.
5. ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ދިގު ފިލްމަކީ 2016 ވަނަ އަހަރު ނުކުތް ފިލްމު "އެމްބިއަން" އެވެ. އެ ފިލްމުގެ ދިގުމިނަކީ 720 ގަޑިއިރެވެ.
6. މިހާތަނަށް މުނިފޫހި ފިލުވުމުގެ ދާއިރާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަކީ 2019 ވަނަ އަހަރުގެ ފިލްމު "އެވެންޖާސް: އެންޑްގޭމް" އެވެ. އެ ފިލްމަށް 2.79 ބިލިއަން ޑޮލަރު ލިބުނެވެ.
7. އެއް ފިލްމަކަށް އެންމެ ގިނައިން އޮސްކާ އެވޯޑުގައި ލިބިފައިވަނީ 11 އެވޯޑެވެ. އެއީ ބެން ހާރ (1959)، ޓައިޓޭނިކް (1997) އަދި ލޯޑް އޮފް ދަ ރިންގްސް: ދަ ރިޓާން އޮފް ދަ ކިންގް (2003) އެވެ.
8. ކޮމްޕިއުޓަރު ޖެނެރޭޓަޑް އިމޭޖް ބޭނުން ކޮށްގެން އުފެއްދި އެންމެ ފުރަތަމަ ފިލްމު ކަމަށްވާ "ވެސްޓްވޯލްޑް" ރިލީޒްކުރީ 1973 ވަނަ އަހަރު އެވެ.
9. މޯޝަން ކެޕްޗާ ޓެކްނޮލޮޖީއާއެކު އުފައްދާފައިވާ އެންމެ ފުރަތަމަ ފިލްމަކީ 2001 ވަނަ އަހަރު ރިލީޒުކުރި "ލޯޑް އޮފް ދަ ރިންގްސް: ދަ ފެލޯޝިޕް އޮފް ދަ ރިންގް" އެވެ.
10. ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރަކީ 90ގެ އަހަރުތަކުގައި ނެރުނު "ދަ މެޓްރިކްސް"ގެ ތަރި ކައޭނޫ ރީވްސް އެވެ. އޭނާ ވަނީ ފިލްމަކަށް 156 މިލިއަން ޑޮލަރު ހޯދާފަ އެވެ.