ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިނުވަނީސް ވަގު ލިޔުމެއް ތައްޔާރުކޮށްގެން އެޗްޑީސީން ގޯތި ދޫކުރި މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ، މުހައްމަދު ފަޒީލް ރަޝީދާއި އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި އެވެ.
ފުލުހުން ބުނީ އެ އެންމެންގެ ފޯނާއި އިލެކްޓޯނިކް ސާމާނުތައް ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ފައިނަލް ލިސްޓްގައި ވަނީ ފަޒީލްއަކީ ގޯއްޗަށް ޝަރުތުހަމަނުވާ މީހެއްގެ ގޮތުގަ އެވެ. އެކަމަކު އެޗްޑީސީން ވަގަށް އޭނާއަށް ދޫކުރި ގޯތީގައި ވަނީ ވަށާފާރު ވެސް ރާނައިފަ އެވެ.
ފަޒީލްގެ އިތުރުން ގޯތީގެ ފާރު ރޭނުމުގެ ހުއްދައަށް އެދިފައި އޮތީ އަބްދުލްމަޖީދު މާހިރު ކިޔާ މީހެކެވެ. އެއީ ހއ. ދިއްދޫގައި ރަޖިސްޓަރީ އޮތް މީހެކެވެ. ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބެނީ ހަމައެކަނި މާލޭގެ ރައްޔިތުންނަށެވެ.
އެ މައްސަލަ ތަހުގީގު ކުރާތީ ފަޒީލް ވަނީ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަަގާމުން ސަސްޕެންޑުކޮށްފަ އެވެ.