ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޖަޕާނުގެ މަޖިލިސް މެންބަރަކު މަރުވެއްޖެ އެވެ.
ފުލުހުން ވަނީ ޅ. އަތޮޅުގެ ރިސޯޓެއްގައި އުމުރުން 70 އަހަރުގެ ޖަޕާނުގެ ޓޫރިސްޓަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މައްސަލައެއްގެ ރިޕޯޓް ލިބިފައިވާކަމަށް ބުނެފަ އެވެ. ނަމަވެސް އިތުރު ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.
ޖަޕާނުގެ ވެރިކަން ކުރާ ޕާޓީ ކަމުގައިވާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ މެންބަރެއް ކަމުގައިވާ ޓޮޝިޔުކި އަޑާޗި، ރާއްޖޭގައި މަރުވެއްޖެކަމަށް ބައެއް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އޭނާ މަރުވެފައިވަނީ ކަނޑުމަތީގައި ދިމާވި ހާދިސާއަކުން ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ.
ޓޮޝިޔުކި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު 25 އިން އަންނަ ޖެނުއަރީ 6 ކަށެވެ.
މަޖިލިސް މެންބަރު ޓޮޝިޔުކިގެ މަރާ ގުޅިގެން ޖަޕާނާއި ރާއްޖޭގެ އެއްވެސް އިދާރާއަކުން ރަސްމީބަހެއް މިހާތަނަށް ބުނެފައިނުވެ އެވެ.
ބީއެމްއެލް އިން އިތުރު 7 ބްރާންޗެއްގެ ހިދުމަތްފަށައިފި
ސްވައިޕްގައި ހިމެނޭ އިންޓަނޭޝަލް އެކައުންޓާ ގުޅޭ ތަފްސީލް!
ސިޔާސީ ކަންކަމުގައި ހަނު ހުންނާތީ "ދަ ރޮކް"އަށް ފާޑު ކިޔަނީ!