ކޮންމެވެސް ސަބަބަކާ ހުރެ މޫނުގައި އޮށާޅަ ނެގުމަކީ އާއްމު ކަމެކެވެ. ވަކިން ޚާއްސަކޮށް ޒުވާން ކުދިންގެ މޫނުގައި މިގޮތަށް އޮށާޅަ ނެގުމަކީ އާއްމުކަމެކެވެ.
އާއްމުކޮށް މޫނުގައި އޮށާޅަ ނަގަނީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. ނަމަވެސް އާއްމު ސާފުތާހިރު ކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވުމުގެ ސަބަބުން ވެސް މޫނުގައި އޮށާޅަ ނެގުމަށް މެދުވެރިވެ އެވެ. އަދި ހަމަ އެހެންމެ ކަންކަމާ މާ ބޮޑަށް ހާސްވުމުން ވެސް އޮށާޅަ ނަގާ ގޮތްވެ އެވެ.
ކުރެވޭ ވަރަށް ކުޑަ ކަމުން ވެސް މޫނުގައި އޮށާޅަ ނަގާފާނެ އެވެ. މިސާލަކަށް އަވި އައިނު އެޅުމުގެ ސަބަބުން ވެސް މޫނުގައި އޮށާޅަ ނެގުމަށް މެދުވެރިވެ އެވެ.
އައިނު އެޅުމުގެ ސަބަބުން މޫނުން ހިއްލާ ދާތައް މޫނުގައި ޖެހިފައި ގިނަ ވަގުތު ހުންނަ ކަމަށާއި މިކަމުގެ ސަބަބުން އޮށާޅަ ނަގާ ކަމަށް މާހިރުން ބުނެފައިވެ އެވެ.
މީގެ އިތުރުން ގިނައިރު އަވީގައި އުޅުމާއި އާއްމުކޮށް ރީތިވުމަށް ބޭނުން ކުރެވޭ އުފެއްދުންތަކުގެ ސަބަބުން ވެސް އޮށާޅަ ނަގާފާނެ އެވެ.
މިފަދަ އާއްމު ކަންކަމުން ވެސް އޮށާޅަ ނަގަން މަގުފަހިވާއިރު އެކަމުން ރައްކާތެރިވާން އަމިއްލައަށް ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅިދާނެ އެވެ.
މައިކަލް ޖެކްސަން ބައޮޕިކްގެ ޓްރެއިލާ ނެރެފި
ރަޝިޔާގެ ސަސްޕެންޝަން އުވާލަން އިންފަންޓީނޯ ތާއީދު ކުރައްވައިފި
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ