އުރީދޫގެ ނެޓްވޯކު ފުރިހަމަ ދައްކައިދޭ އިޝްތިހާރުތަކާ އެކު އެ ކުންފުނީގެ އެންމެ ފަހުގެ ކެމްޕޭނު ލޯންޗުކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނިން ބުނީ މި އިޝްތިހާރުތަކުގައި ޚިދުމަތް ލިބުމުގައި އާއްމުންނަށް ދިމާވާ ބައެއް ދަތިތައް މަޖާކެރެކްޓާއެއްގެ ޒަރީއާއިން ފެނި އުރީދޫގެ ސޮލިއުޝަން ފެނިގެންދާނެ ކަމަށެވެ.

އުރީދޫގެ އެންމެ ފަހުގެ ކެމްޕެއިން ލޯންޗު ކުރެވުނީ ކުންފުނީގެ ވަރުގަދަ ނެޓްވޯކު ދައްކުވައިދޭ ކުރު، ހިތްގައިމު އިޝްތިހާރުތަކަކާއެކު އެވެ. މިކެމްޕެއިންގައި ރައްޔިތުންނަށް އާއްމުކޮށް ދިމާވާ ކަނެކްޓިވިޓީގެ މައްސަލަތައް މަޖާ ގޮތެއްގައި ދައްކުވައިދެއެވެ.

އުރީދޫން ބުނިގޮތުގައި މި ކެމްޕެއިންގެ މައިގަނޑު އަސާސް އަދި އުޅޭ ކެރެކްޓާ ތައްޔާރު ކޮށްފައި ވަނީ ފިލްމީ ދާއިރާގެ ޒަމާނީޓެކްނޮލޮޖީތައް ބޭނުންކޮށްގެންނެވެ. އަދި އޭއައި އާއި ފެންވަރު ރަނގަޅު ޕްރޮސްތެޓިކްސްގެ އެހީގައިތަރައްގީކޮށްފައިވާ މި ކެރެކްޓާތަކުން ކަނެކްޓިވިޓީގެ މައްސަލަތައް ދިމާވާ ސަބަބުތައް ރަމްޒުކޮށްދެނީ މަޖާ، އަދި މުނިފޫހިފިލުވައިދޭ ގޮތަކަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"މި ކެރެކްޓާތަކަކީ އުރީދޫ މެސްކޮޓްތަކެއް ނޫން. މިއީ ނެޓްވޯކްގެ ތަޖުރިބާ ދަށްވުމުން މާޔޫސްކަން މަޖާކޮށް ދައްކުވައިދިނުމަށް ބޭނުންކޮށްފައިވާ ކެރެކްޓާތަކެއް. އެއީގޭމެއްގެ ތެރޭގައި ފަހަތަށް ޖެހުން ނުވަތަ ވީޑިއޯ ކޯލެއްގެ އެންމެ މުހިންމު ވަގުތުގައި ބަފަރިން ދައްކުވައިދޭ ކެރެކަޓާތަކެއް،" އުރީދޫން ބުންޏެވެ. .

އެ ކުންފުނިން ބުނިގޮތުގައި މި ސިލްސިލާގެ ފުރަތަމަ އިޝްތިހާރު ގޭމިން ކޮމިއުނިޓީއަށް ހާއްސަކުރެވިފައި ވާއިރު، އުރީދޫ އަކީ އެންމެ ރަގަޅު ތަޖުރިބާއެއް ލިބޭ ގޭމިން ނެޓްވޯކް ކަން ސިފަކުރުމަށެވެ. އަދި ގޭމް ކުޅޭ ފަރާތްތަކަށް ތައްޔާރުކޮށްފައިވާ އެކުންފުނީގެ ހާއްސަ ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއެކު އުރީދޫއިން ވަނީ ގޭމިން އިތުރު ހަރުފަތަކަށް ގެންގޮސްދޭކަނެކްޓިވިޓީ އެކްސްޕީރިއަންސެއް ފޯރުކޮށްދީފައި ކަމަށް އުރީދޫން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި ކޮންމެ މާކެޓެއްގައި ވެސް މަގުބޫލު ލޯކަލް އިންފްލުއެންސަރުން ހިމަނައިގެން އުފައްދާފައިވާ މި އިސްތިހާރުތަކުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް ހީރޯގެ ގޮތުގައި އުރީދޫން ވަނީ ނުކުމެފަ އެވެ.

އުރީދޫގެ ގްރޫޕް ޗީފް ކޮންސިއުމާ އޮފިސަރު ބިލާލް ކަޒްމީ ވިދާޅުވީ ކަނެކްޓިވިޓީއަކީ މުނިފޫހިފިލުވުމާއި މަސައްކަތާއި ދިރިއުޅުމުގެ މައިބަދައަކަށް ވެގެންދާއިރު، އުރީދޫން އަންނަނީ ރަނގަޅު ނެޓްވޯކް ތަޖުރިބާއެއް ލިބުމުގެ މާނަ ދައްކުވައިދެމުން ކަމަށެވެ. މި ކެމްޕޭނަކީ އަޅުގަނޑުމެންގެ ނެޓްވޯކު ބޭނުން ކުރުމުން ކަސްޓަމަރުންނަށް ލިބިދޭ ފަސޭހަ ދައްކުވައިދީ މުނިފޫހިފިލުވުމާއި މައުލޫމާތު ލިބޭ ގޮތަށް ބެލުންތެރިންނާގުޅާލެވޭ ކެމްޕޭނެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބިލާލް އިތުރަށް ވިދާޅުވީ މި އިސްތިހާރު ސީރީޒްގެ ކުރިއަށްހުރި ބައިތަކުގައި ފެނިގެންދާ ކޮންމެ އިޝްތިހާރަކީ ވެސް އުރީދޫގެ ކަސްޓަމަރުން މާޔޫސްކަން ދޫކޮށްލައި މެދުކެނޑުމެއް ނެތި ކަނެކްޓިވިޓީ އާއި ތަފާތު ފުރިހަމަ ތަޖުރިބާއެއް އުރީދޫއާއެކު ކުރެވޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ އިސްތިހާރަކަށް ވާނެ ކަމަށެވެ.