އައިޖީއެމް ހޮސްޕިޓަލުގެ އެމަޖެންސީ ރޫމްގައި ފަރުވާ ދެމުންދިޔަ ހާއްސައެހީއަށް ބޭނުންވާ މީހަކު މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ ރިޕޯޓް ކުރީ ބުރާސްފަތި ދުވަހުގެ ރޭ 11:30 އެހާއިރު ކަމަށެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް އައިޖީއެމްއެޗްގެ އީއާރްގައި ފަރުވާ ދިނުމަށް މަސައްކަތް ކުރަމުން ދަނިކޮށް، ބަލި މީހާ ކުއްލިއަކަށް ތެދުވެގެން ދުއްވައިގަތުމުން ވެއްޓިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދެވުނީ ތަނަކުން ވެއްޓިގެން ނޫން ކަމަށް އެނގިފައިވާ ކަމަށާއި އަދި އޭނާގެ ހަށިގަނޑުން ފަރުވާ ދިނުމުގެ ތެރޭގައި ހުރި ނިޝާނެއް ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ވެސް ފުލުހުން ބުންޏެވެ.

މަރުވި މީހާގެ އާއިލާ ފަރާތުންވެސް އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް މިހާތަނަށް ފުލުހުންނާ ހިއްސާކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމީހާ މަރުވި މައްސަލަ ހުށަހެޅުމުން އާންމުކޮށް އަމަލު ކުރާ އުސޫލުން އޭނާގެ ހަށިގަނޑުން ފުލުހުން ސާމްޕަލް ނެގި ކަމަށްވެސް ފުލުން ބުނެފައިވެ އެވެ.