ވެރިކަންކުރާ ޕީއެންސީގެ ރަސްމީ ހުރިހާ ވަޓްސްއެޕް ގްރޫޕްތަކުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބޭރުކޮށްލައިފި އެވެ.
ޕީއެންސީގެ އޮފިޝަލަކު ވިދާޅުވީ ކުރިން އެންގުމަކާ ނުލައި ކުއްލިގޮތަކަށް އަބްދުއްރަހީމް ޕީއެންސީގެ ރަސްމީ ވަޓްސްއެޕް ގްރޫޕްތަކުން ބޭރުކޮށްލީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ކަމަށެވެ.
އެކަމަކު ޕީއެންސީގެ ހުރިހާ މަޖިލިސް މެމްބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން އޭނާ އަދި ބޭރެއް ނުކުރެ އެވެ.
ރައީސް މުއިއްޒާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެ، އޭނާގެ ދަރިކަލުން އިބްރާހީމް ފައިސަލް ވަނީ ޓޫރިޒަމް މިނިސްޓަރު ކަމުން ވަކިކޮށްފަ އެވެ.
ފައިސަލް މަގާމުން ވަކިކުރުމުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒާއި ދެ ބޭފުޅުންގެ ގުޅުން ރަނގަޅުނަމަ ފައިސަލް ވަކިނުކުރާނެ ކަމަށެވެ.
އަބްދުއްރަހީމް މަޖިލިސް ރައީސްކަމުން ބޭރުކުރުމަށް ވެސް ރައީސް މުއިއްޒަށް ތާއީދު ކުރާ ބައެއް މަޖިލިސް މެމްބަރުން ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސީދާ އެކަން ކުރައްވަން އަދި ނާންގަވާތީ ރަސްމީކޮށް އެ މަސައްކަތް ނުފަށަ އެވެ.
ވަރަށް އަވަހަށް މަޖުލިސްއިން ބޭރުވާނެ
އިސްލާމީ ފުރިހަމަ ޝަރީޢަތެއް ހިނގާމަ، 1978 އިން ފެށިގެން މިއަދާ ހަމަޔަށް އެތައް ގުނަވަނެއް މަދުވާނެކަން ކަށަވަރު