ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުން ކުރާޒާތުގެ ލިޔުންތަކާއި ފޮތްތަކާއި ސިހުރު ހަދަން ގެންގުޅޭ ބައެއް އާލަތްތައް ހޯދައިފި އެވެ.
ފުލުހުން ބުނީ ސިހުރު ހަދާކަމުގެ ރިޕޯޓެއް ލިބި ކުޅުދުއްފުށީގައި އެ އޮޕަރޭޝަން ހިންގީ އިއްޔެ ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަން ގައި 10 ގެއެއް ބަލާ ފާސްކުރި ކަމަށެވެ. އޭގެ ތެރެއިން އަށް ގެއަކުން ސިހުރު ހަދަން ބޭނުން ކުރާޒާތުގެ ލިޔުންތަކާއި ފޮތްތަކާއި ސިހުރު ހަދަން ގެންގުޅޭ ބައެއް އާލަތްތައް ހޯދާފައިވާ ކަމަށް ބުންޏެވެ.
އެ ގެތައް ބަލާފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ،
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޑާކްރެއިންގެ އީދު ހަދިޔާ: "އަލްވަދާއު" ވީޑިއޯ ކްލަބަށް!
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!
މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަނީ
