ރަމަޟާން މަހަށް ހާއްސަކޮށްގެން ދިރާގު އެޕްއިން ކަރާ ފަޅައިގެން ސްވިޓްޒަލޭންޑަށް ދިއުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.

ދިރާގުން ބުނިގޮތުގައި މިއީ، ސްވިޓްޒަލޭންޑުގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެކެވެ. މި އަގުހުރި އިނާމުގެ ނަސީބުވެރި ފަރާތައް ހޮވޭ ކަސްޓަމަރަށް ސްވިޓްޒަރލޭންޑަށް ދިއުމަށް ދެ މީހުންގެ ދެކޮޅު ޓިކެޓާއި ފަސް ރޭގެ ހުރުން ދިނުމަށް ދިރާގުން ވަނީ ކަނޑައަޅައިފަ އެވެ.

ދިރާގުން މި ދޭ ހާއްސަ އިނާމު ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން ހަދަން ޖެހޭ ގޮތަކީ، މި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ދިރާގު އެޕްގައިވާ "ރަމަޟާން އޮފާސް" ބެނާއައް ފިއްތާލުމުން ފެންނަ އެ ދުވަހަކަށް ހާއްސަ ކަރާ ފަޅައިލުމެވެ.

މީގެ އިތުރުން، ކޮންމެ ދުވަހަކު ދިރާގު އެޕްއިން ކަރާ ފަޅައިގެން 2 ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު، އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވައިލައިފަ އެވެ. މި އިނާމުތަކުގެ ތެރޭގައި، 10 ޖީބީ ހިލޭ ޑޭޓާ، އެއަރޕޮޑް، ސެމްސަން އެސް 25 ފޯން އަދި 1 ޓީބީ ހިލޭ ޑޭޓާ ހިމެނެ އެވެ.

ދިރާގަކީ ރާއްޖޭގައި ތަފާތު ގިނަ ޕްރޮމޯޝަންތައް ހިންގައި، ހެޔޮ އަގުގައި ގިނަ އޮފަރތަކާއި އަގުހުރި އިނާމުތައް ކަސްޓަމަރުންނާ ހަމައަށް ގެނެސްދެމުންދާ ކުންފުންޏެކެވެ.