މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައިގައި އޭނާ މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
މިރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެގޮތަށް ފާސްކުރީ ކޮމިޓީ މެންބަރުންގެ އިއްތިފާގުންނެވެ.
ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ހުށަހެޅުއްވި އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމެވެ.
ފަޒީންއާ މެދު ވަކި ގޮތެއް ނިންމުމުގެ ކުރިން ޖަވާބުދާރީވުމުގެ އިތުރު ފުރުސަތެއް އޭނާއަށް ދޭން މިރޭ ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީން އެ މައްސަލަ ބެލީ ސިއްރުކޮށްގެން ކަމަށްވާތީ، އެކަމުގެ ތަފްސީލެއް ނުލިބެ އެވެ.
އެންމެ މިނެޓަކުން ހިތުގެ ސިއްހަތު ދެނެގަންނާނެ 3 ގޮތެއް!
ނުޒޫގެ ހުވަފެން ހަގީގަތަކަށް ހެދީ "ކުލަ ސްޓޫޑިއޯ"
2 އަހަރަށްފަހު ވިލް ސްމިތު ފިލްމީ މަސައްކަތަށް!
