މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފި އެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމަށް އަރީޝް އިންތިހާބު ކުރީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މެމްބަރުންގެ މެދުގައި ނެގި ސިިއްރު ވޯޓަކުންނެވެ. އެގޮތުން އަރީޝް އެ މަގާމަށް އިންތިހާބުވީ 16 ވޯޓުންނެވެ.
ޑެޕިއުޓީ މޭޔަރު ކަމުގެ މަގާމަށް އަރީޝްގެ އިތުރުން އެހެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމަށް މެންބަރަކު އިންތިހާބު ކޮށްފައި މިވަނީ ކުރިން އެ މަގާމުން ހުންނެވި އަހުމަދު ނަރީޝް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ސިޓީ ކައުންސިލުގެ މެޖޯރިޓީ ޕީއެންސީއަށް އޮތް އިރު، ޑެޕިއުޓީ މަގާމަށް އިންތިޚާބުވި އަރީޝްއަކީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވި ބޭފުޅެކެވެ. އެހެން ނަމަވެސް އަރީޝް ވަނީ ފަހުން ސަރުކާރުން ހިންގާ ޕީއެންސީއަށް ސޮއިކޮށްފަ އެވެ.
ހޮރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލަން ތައްޔާރު: ޓްރަމްޕް
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
ސްކޮލާޝިޕްގައި ރާއްޖޭގައި ކިޔަވާނަމަ 6،000ރ ގެ އެލަވަންސެއް