ރަމަޟާން މަހުގެ ފަހު ދިހައެއް ފަށައިގެން ކުރިއަށް ދާއިރު މި ދުވަސްވަަރަކީ އެހެން ދުވަސްތަކާ އަޅާބަލާއިރު ހަރަމްފުޅަށް އަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާ ދުވަސްވަރެކެވެ.

އެހެން ކަމުން ހަރަމްފުޅަށް އަޅުކަމުގެ ބޭނުމުގައި ދާ މުސްލިމުންނަށް ރަނގަޅު ހިދުމަތެއް ދޭން ދެ ހަރަމާބެހޭ އިދާރާއިން އަބަދުވެސް މަސައްކަތް ކުރެ އެވެ.

އެގޮތުން މި އަހަރު ވެސް އެ އިދާރާއިން ވަނީ ފަހު ދިހައަށް ހާއްސަ ކޮށްގެން ހަރަމްފުޅުގައި ވަރަށް ފުރިހަމަ ތައްޔާރީތަކެއް ވެފަ އެވެ.

އެ އިދާރާއިން ބުނާ ގޮތުގައި ފަހު ދިހައިގެ ރޭތަކުގައި ހަރަމްފުޅަށް އަންނަ މުސްލިމުންނަށް އެއްވެސް ދަތިކަމެއް ނެތި އަޅުކަން ކުރުމަށް ބޭނުންވާ ކަންކަން މިހާރު ވަނީ ހަމަޖައްސައި ދެވިފަ އެވެ.

އެގޮތުން އެކަށީގެންވާ ވަރަށް ހަރަމްފުޅުގެ ގޯތި ތެރޭގައި ކާޕެޓް އެޅުމުގެ އިތުރުން ފޮޅައި ސާފު ކުރުމާއި ޒަމްޒަމް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ އިހުނަށްވުރެ އިތުރުކޮށްފަ އެވެ.

މިކަމަށްޓަކައި ހަރަމްފުޅުގައި އެތައް ހާސް އާލާތްތަކާއި މުވައްޒަފުން ބޭނުން ކުރެވެމުން އަންނަ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރު ވެސް ރަމަޟާން މަހުގެ ފަހު ދިހައިގައި ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުން ހަރަމްފުޅަށް އަންނާނެ ކަމަށް ލަފާކުރެވެ އެވެ.