އާންމުކޮށް ދޭތެރެ ދޭތެރެއިން ފެނުގެ ހިދުމަތް ކެނޑޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާގެ ބައެއް ޓަވަރުތަކުން މިރޭ ވެސް ފެނުގެ ހިދުމަތް ކަނޑާލަން ނިންމައިފި އެވެ.
ސަރުކާރުގެ ފެން ކުންފުނި އެމްޑަބްލިއުއެސްސީން ބުނީ މިރޭ 23:00 އިން ފެށިގެން މެންދަމު 2:00އާ ހަމައަށް ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށެވެ.
ފެނުގެ ހިދުމަތް މެދުކަނޑާލަނީ ހިޔާ ޓަވަރު 9، 10، 11، 12، 13، 14، 15 އަދި 16 ވަނަ ޓަވަރުގެ ފަންގިފިލާ ނުވައަކުން، 16ވަނަ ފަންގިފިލާއަށެވެ.
އެ ތަންތަނުން ފެން ކަނޑާލަނީ ހިޔާ ޓަވަރުތަކަށް ފެން ފޯރުކޮށްދޭ ބޫސްޓާ ޕަންޕު ސިސްޓަމަށް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މަރާމާތުގެ މަސައްކަތެއް ކުރުމަށް ޓަކައި ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.