ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރެއިން ފެނުނު ކިނބޫ ސިފައިން ހިފައިފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވަރު ބައި އެޓްމޮސްފިޔާ ރިސޯޓުން ފެނުނު ކިނބޫ މިހާރު އޮތީ ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެ ކިނބޫގެ ވީޑިއޯ ސޯޝަލް މިޑިއާގައި އަންނަނީ އާންމުވަމުންނެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި އެއީ ގާތްގަނޑަކަށް ފަސް ފުޓް ވަރުގެ އެއްޗެކެވެ.
އެ ކިނބޫ އޮތީ އެ ރިސޯޓްގެ ގޮނޑުދޮށް ހިމާޔަތްކުރަން ޖަހާފައިވާ ބޮޑު ހިލަތައް މަތީގައެވެ.
އެ ކިނބޫ ގެންދިޔަތަނެއް އެމްއެންޑީއެފް އިން ހާމައެއްނުކުރެ އެވެ.
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ފިލްމު ކުޅުން ހުއްޓާލި ސަބަބު ހެމާ ހާމަކޮށްފި
އަހަރެން މިހުރީ ހުސްކޮށް: ވެދާންގް
