ރައީސް އޮފީހުން މީގެކުރިން ހިންގަމުން އައި ސޯޝަލް މީޑިއާގެ ޕޭޖްތައް މެދުކެނޑުމަކަށްފަހު އަލުން އެކްޓިވޭޓްވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޕްރޮމޯޓްކުރުމަށް އެ ޕޭޖްތައް ހިންގުމުގެ މަސައްކަތް މިހާތަނަށް ކުރަމުން އައީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޮ ސްޓްރެޓެޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ކުރިން ހުރި އިޒްދިޔާން މުހައްމަދު މައުމޫނުގެ އިތުރުން އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދު ޒިލާލު ބެލުމުގެ ދަށުންނެވެ. އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފަ އެވެ.
އެ ޕޭޖްތައް ހިންގުން ހުއްޓުނީ ޒުވާން އަންހެނަކު މާލޭގެ ގެއެއްގެ މަތިން ވެއްޓުނު ހާދިސާއަށްފަހު އެވެ. އެ މައްސަލާގައި އެ ދެ މީހުން ވެސް ހިމެނެ އެވެ. ދާއޫދު އާއި އިޒްދިޔާން ސޯޝަލް މީޑިއާ ޕޭޖްތައް ހިންގަމުން ދަނީ ގޭގައި ތިބެގެން ކަމަށް އިތުބާރުހުރި މީހަކު "ހުރިހާ"އަށް ކިޔައިދިނެވެ.
ރައީސް މުއިއްޒު ޕްރޮމޯޓްކުރުމަށް އެކި ނަންނަމުގައި މަގާމްތައް އުފައްދައި ބޮޑު މުސާރަދީފައި ގިނަ ބަޔަކަށް ވަނީ ރައީސް އޮފީހުގެ ވަޒީފާތައް ދީފަ އެވެ. އެ މަގާމުގެ މަސްއޫލިއްޔަތަކީ ސޯޝަލް މީޑިއާގައި އެމަނިކުފާނު ޕްރޮމޯޓްކުރުމެވެ.
ގައުމުގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ މި ދަނޑިވަޅުގައި ހަމައެކަނި ރައީސް މުއިއްޒު ޕްރޮމޯޓްކުރުމަށް ގިނަ މުވައްޒަފުންތަކެއް ނަގައި ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ދޭތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.
ގޯވިންދާއާއި ކަރިސްމާ އެކުގައި މަސައްކަތް ކުރުން ހުއްޓާލި ސަބަބު!
ދިރާގުން މިނިވަން ދުވަހާ ގުޅުވައިގެން ހާއްސަ އޮފާތަކެއް
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
