ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މާހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ބާއްވަން އުޅުނު ޖޭއެސްސީގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.
"ހުރިހާ"އަށް އެނގިފައިވާގޮތުގައި މިރޭ ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކުރީ ޒުވާނުންގެ މުޒާހަރާތަކާ ގުޅިގެން މިވަގުތު އިތުރު ފިޔަވަޅެއް އަޅައިފިނަމަ ސަރުކާރަށް ޕްރެޝަރު ބޮޑުވެދާނެތީއެވެ.
އަޒްމިރަލްދާ އާއި މަހާޒު ސަސްޕެންޝަންގައި ހުންނަތާ މިއަދަށް 60 ދުވަސް ވާނެއެވެ.
އެ ދެ ބޭފުޅުން ވަކިކުރަން މައްސަލަ ބަލާ ކޮމިޓީން ނިންމީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނުފޫޒުފޯރުވި ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ގާޒީން ވެސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އަދި އަޒްމިރަލްދާ އާއި މަހާޒު ވެސް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އެ ދެ ބޭފުޅުން ގާނޫނާ ޚިލާފަށް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަކަށެވެ.
އަންނަ މަހުގެ 10 ގެ ކުރިން ފޮތްތައް ފޮނުވައި ނިންމަނީ
ރަންވީރުގެ "ދުރަންދަރް" ބޮލީވުޑްގެ ގަދަ 10 އަށް!
ހިރިމަރަދޫގައި މީހުން އުޅެނިކޮށް ކައުންސިލް އުވާލިކަމުގެ ތުހުމަތު
