ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދާއި އެ ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭން ޖޭއެސްސީން ފާސްކޮށްފިއެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވީ އެ ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކުރުމުންނެވެ.
ހަމީދު ހައިކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފަނޑިޔާރުންނަށް ދިން ފްލެޓް އޭނާއަށް ލިބިވަޑައިގެންފައިވާތީއެވެ. އެއީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ އެވެ.
ސަލީމަކީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން އެ ކޯޓުގެ ލީގަލް އޮފިސަރަކަށް ހުންނެވި ބޭފުޅެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޖުމްލަ 12 ބޭފުޅުން ކުރިމަތިލެއްވި އެވެ. ނަމަވެސް އެންމެ މަތިން މާކްސް ލިބިވަޑައިގަތީ އެ ދެ ބޭފުޅުންނަށެވެ.
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
"މުއިއްޒު ބޭނުންނުވާ އެއްވެސް ކަމެއް ޕީއެންސީގައި ނުހިނގާނެ"
ޓްރަމްޕް ކުރިމަތީގައި ނަތަންޔާހޫގެ ބާރުކެނޑި ބާކީވެއްޖެ
