ޖަޕާނުގެ ސައިންޓިސްޓުން ވަނީ އިންސާނުން އުފެއްދުމުގެ ޓެކްނޮލޮޖީ ހޯދައި، އެކަން ކާމިޔާބުކަމާއެކު ތަޖުރިބާކޮށްފަ އެވެ.
ޖަޕާނުގެ ސައިންސްވެރިން ވަނީ ފްލުއިޑުން ފުރިފައިވާ އާޓިފިޝަލް ރަހިމެއްގައި ބަކަރި ބިސް ކާމިޔާބުކަމާއެކު ހަފްތާތަކެއް ވަންދެން ދިރުވާފަ އެވެ
ޖުންޓެންޑޯ ޔުނިވާސިޓީގެ ޓީމަކުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބޭނުންކޮށްފައިވަނީ ޓްރާންސްޕޭރެންޓް ބަޔޯބެގް ސިސްޓަމާއި އޮކްސިޖަން އެކުލެވޭ އާޓިފިޝަލް އެމްނިއޯޓިކް ފްލުއިޑާއި އެކްސްޓާނަލް އަމްބިލިކަލް ސަޕޯޓް އެވެ.
މިއީ ދުނިޔެގައި، މިހާތަނަށް ފުރިހަމަ އެކްޓޯޖެނެސިސް (މުޅިން ހަށިގަނޑުން ބޭރުގައި ހިނގާ ބަލިވެ އިނުމަށް ކިޔާ ލަފުޒެއް) އާ އެންމެ ގާތަށް އައިސްފައިވާ ތަނެވެ.
މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުވަސް ނުފުރާ އުފަންވާ ކުދިން ސަލާމަތްކުރުމާއި، ދަރިން ނުލިބޭ މީހުންނަށް އެހީތެރިވުމާއި، ބަނޑުގައި ދަރިން އުފުލުމަށް ނުކުޅެދޭ މީހުންނަށް އެހީތެރިވެވޭނެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން އަހުލާގީ އަދި ގާނޫނީ ގޮތުން ގިނަ ސުވާލުތަކެއް އުފެދެ އެވެ.

ދިރާގު ޕޭ މެދުވެރިކޮށް މިހާރު މީލް ޕެކް ހަދިޔާކުރެވޭނެ
ޓްރަމްޕްގެ ގެއަށް ވަންނަން އުޅުނު ހަތިޔާރު އެޅި މީހަކު މަރާލައިފި
ރޯދައިގެ ސުވާލާއި ޖަވާބު: ރަހަ ބެލުމުން ރޯދަ ގެއްލޭނެތަ؟
