ރޭގަނޑު އަވަހަށް ނިދުމުގެ ބަދަލުގައި ލަސްވަންދެން ހޭލާ އުޅުމަކީ ސިކުނޑީގެ މަސައްކަތް ރަނގަޅުވާ ކަމެއް ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
ލަންޑަންގެ އިމްޕީރިއަލް ކޮލެޖުގެ ދިރާސާވެރިން ވަނީ އެތައް ހާސް ބައެއްގެ ނިދުމުގެ އާދަތަކާއި އެމީހުންގެ ވިސްނުމުގެ ގާބިލިއްޔަތުކަން ވަޒަން ކޮށްފަ އެވެ.
ދިރާސާގެ ނަތީޖާ ދައްކާ ގޮތުން ރޭގަނޑު ދަންވަންދެން ހޭލާ އުޅޭ މީހުން ކަންކަމުގައި ނިންމާ ނިންމުންތަކާއި ވިސްނާ ވިސްނުންތައް މާ ރަނގަޅެވެ.
ހާއްސަކޮށް ބޮޑެތި މީހުން ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ފާއިތުވަންދެން ހޭލާ އުޅުމުން ސިކުނޑީގެ ގާބިލިއްޔަތުކަން އިތުރުކޮށްދޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
މިކަމުގެ ސަބަބަކަށްވަނީ ރޭގަނޑު ހޭލާ އުޅުމުން ސިކުނޑީގެ ސެލްތަކަށް ދިރުން ލިބި ކޮގްނިޓިވް ބާރު އިތުރުވެެން ދިއުން ކަމަށް ދިރާސާވެރިން ބުނެ އެވެ.
އެހެން ކަމުން މަދުން ނަމަވެސް ރޭގަނޑު ދަންވަންދެން ހޭލާ އުޅުމަކީ ސިއްހަތަށް ފައިދާހުރި ކަމެއްގެ ގޮތުގައި މާހިރުން ލަފާދެ އެވެ.
ތެޔޮ ގަންނަން އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފި
ގެއްލުނު މީހުން ހޯދަން އެމެރިކާގެ ނޭވީ މަތިންދާބޯޓެއް ނުކުމެއްޖެ
ޕީޕީއެމް އުވާލި ސަބަބު ސާފުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނަށް