ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން ނުޖެހޭގޮތަށް ހަމަޖައްސައިފި އެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ނިންމާފައި ވަނީ ގެދޮރުވެރިޔާ ސްކީމުން 4،000 ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި، ބިންވެރިޔާ ސްކީމުން އެ މީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވުން ޝަރުތުތަކުގެ ތެރޭގައި ހިމެނުމަށެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު އިއުލާނުގައި ވަނީ ކުރީގެ ނިންމުން ބަދަލުކުރަން ޖެހުނީ ގިނަބައެއްގެ ކަންބޮޑުވުންހުރި ކަމަކަށްވާތީ ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފައިވާ ފޭސް-3 އާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާތީ އާއި ހިއްކާފައިވާ ބައެއް ބިންތަކުގައި އިމާރާތްކޮށް ދިރިއުޅެން ވަގުތު ނަގާނެތީ ކުރީގެ އިއުލާނަށް އަމަލު ނުކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިރޭ ނެރުނު އިއުލާނުގައިވެ އެވެ.
އަމިއްލަ ގެއަށްވުރެ މައިބަފައިންގެ ގެ ކަމުދަނީ ކީއްވެ؟
ގަލަފް ސަރަހައްދުގަ 40 އަށްވުރެ ގިނަ އުޅަނދު ތާށިވެފައި
ކަރަންޓް ކެނޑުނީ ކޭބަލަކަށް ގެއްލުންވެގެން: ސްޓެލްކޯ
