ކުޑަކުދިންގެ ސިކުންޑިއަކީ އަބަދުވެސް ހެދިބޮޑުވަމުން އަންނަ ގުނަވަނެކެވެ. އެގޮތުން ސިކުނޑީގެ ދުޅަހެޔޮކަމަށް އަދި ހެދިބޮޑުވުމަށް ރަނގަޅު ނިއުޓްރިޝަނާއި ލައިފްސްޓައިލެއް ހޯދައި ދިނުމަކީ މައިބަފައިންގެ ޒިންމާއެކެވެ. އެގޮތުން އެކުދިން މިއަދު ކާ އެއްޗަކާއި ނިދާ ވަގުތު ފަދަ ކަންކަމަކީ އެކުދިންގެ އުނގެނުމާއި ވިސްނުމަށް އަސަރުކުރުވާނެ ކަންކަމެވެ.
ސިކުނޑީގެ ހެދިބޮޑުވުމަށް މުހިއްމު ބައެއް ކަންކަން:
ރަނގަޅު ކާނާ ކާންދިނުން
ހަށިގަނޑަށް ލިބޭ ކާނާއަކީ ސިކުނޑީގެ މަސައްކަތް ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެކެވެ. އެގޮތުން ކުދިން ކަންކަމަށް ފޯކަސް ކޮށް، ހަނދާކުރުމަށް އަދި އިމޯޝަން ކޮންޓްރޯލް ކުރެވޭފަދަ ކުއްޖަކަށް ހެދުމަށް ބެލެންސްޑް ޑައިޓަކީ ވަރަށް މުހިއްމު އެއްޗެކެވެ. އެގޮތުން އޮމެގާ 3 ފެޓީ އެސިޑް، އެންޓިއޮކްސިޑެންޓް ހިމެނޭ ބެރީ އަދި ފެހިކަން ގަދަ ފަތް، އަޔަން ހިމެނޭ ލެންޓިލްސްއާއި ބިސްފަދަ އެއްޗެހި ކުދިންގެ ކެއުމުގައި ހިމެނޭތޯ ޔަގީން ކުރަން ވާނެއެވެ. މީގެ އިތުރުން ޕްރޮސެސްޑް ލުއިކާނާ، މާގިނައިން ހަކުރު ހުންނަ ބުއިންތައް އަދި ކެފެއިން އަކީ ކުދިންގެ ވިސްނުމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރުވާ އެއްޗެއްސެވެ.
ހަރަކާތްތެރިވެ އުޅުމަށް ހިތްވަރު ދިނުން
ހަރަކާތްތެރިވެ ކަސްރަތު ކުރުމުން ލޭގެ ފުލޯ ރަނގަޅުވެ ސިކުނޑި މަސައްކަތް ކުރާ މިންވަރު އަވަސް ކުރުވަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުދިންގެ މޫޑު ރަނގަޅު ވެއެވެ. ދުވުމާއި، ފެތުން، ބައިސްކަލް ދުވުން އަދި ކަސްރަތުކުރުން ފަދަ ހެލިފެލިވެ އުޅޭ ކަންކަން ކުރުމަށް ދަރިފުޅަށް ބާރު އަޅާނަމަ ކުދިން ހަނދާން ގަދަވެ ކަންކަމަށް ސަމާލުކަން ދޭ މިންވަރު އިތުރު ވެއެވެ. ދުވާލަކު 60 މިނެޓް ކުދިންނަށް ކަސްރަތު ލިބޭނެ ކަމެއް ކުރުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
އަސްލު ކުޅިވަރުތައް ކުޅުމަށް ހިތްވަރު ދިނުން
މިހާރު ގިނަ ކުދިން ކުޅެނީ އޮންލައިން ގޭމް ތަކެވެ. ގިނަ ވަގުތު ތިބެނީ ސްކްރީން ކައިރީގަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުދިންނަށް ނިދަން އުނދަގޫވެ، ވާހަކަ ދައްކަންވެސް އުނދަގޫ ވެއެވެ. އޭގެ ބަދަލުގައި ކުދިން ކުޅޭ އެއްޗެހި ބޭނުން ކޮށްގެން ކުޅުމާއި ފޮތް ކިޔުމާއި ޕަޒަލް ފަދަ ގޭމު ކުޅުން އަދި ބޭރަށް ނުކުމެ ކޮންމެވެސް ކުޅިވަރެއް ކުޅުމަށް ހިތްވަރު ދޭށެވެ. އޭރުން ކަންކަން ދަސްކޮށް ހުނަރު އިތުރުވުމަށް މަގުފަހި ވެއެވެ.
ރަނގަޅަށް ނިދި ލިބުން
ނިންޖަކީ ކުދިން ކަންކަން ހަނދާނުގައި ބަހައްޓައި އިމޯޝަން ކޮންޓްރޯލް ކުރުމަށް ވަރަށް މުހިއްމު އެއްޗެކެވެ. 6 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ދުވާލަކި 9-12 ގަޑިއިރު ނިދި ބޭނުން ވެއެވެ. އެހެންކަމުން ރަނގަޅު ތާވަލަކާ އެއްގޮތަށް ކުދިންގެ ނިދި ބައްޓަން ކުރާށެވެ. ސްކްރީން ޓައިމް މަދުކޮށް ކުދިން ނިދާ މާހައުލަކީ ނިދަންފަސޭހަ ތަނެއްކަން ކަށަވަރު ކުރުމަކީ މުހިއްމު ކަ