ބީއެމްއެލް އިން އެސްޑީއެފްސީ ގަނެފައި ވަނީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށް މަރުކަޒީ ބޭންކު. އެމްއެމްއޭ އިން ބުނެފިއެވެ.
ބީއެމްއެލް އިން އެސްޑީއެފްސީ ގަތީ ގާނޫނާ ޚިލާފަށް ކަމަށް އެމްއެމްއޭ އިން އަންގާފައިވާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން މަރުކަޒީ ބޭންކުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީއަށް ލިބިފައިވާ މައުލޫމާތަށް ބިނާކޮށް އެ އޮތޯރިޓީގެ އާއްމު އުސޫލުތަކާ އެއްގޮތަށް އެ މުއާމަލާތް ހިންގުމުގައި އަމަލު ކުރަންޖެހޭ އިޖުރާއަތްތަކަށް އެ ބޭންކުން އަމަލުކުރިތޯ ބަލާފައިވާނެ ކަމަށެވެ.
އެގޮތުން ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމަށް ކުރަމުންދާ މަސައްކަތްތަކަކީ ރާއްޖޭގެ ބޭންކިން ގާނޫނާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކެއް ކަމަށް ކަނޑައަޅާފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބީއެމްއެލް އިން އެ އޮތޯރީޓިއަށް ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ ވިޔަފާރީގެ މުއާމަލާތުގެ ހުރިހާކަމެއްވެސް ކުރިއަށް ގެންދާނީ ކަމާގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކުގެ އިތުރުން އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް ބީއެމްއެލްއިން ޔަގީންކޮށްދީފައިވާ ކަމަށް ވެސް އެމްއެމްއޭގެ ބަޔާނުގައިވެ އެވެ.
މިކަމާ ގުޅޭގޮތުން ބީއެމްއެލް އިން ބުނީ އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށެވެ. ބޭންކުން މިހާރު މިވަނީ މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ޯޓްރޭޑްމާކް މައްސަލައެއްގައި ޓޭލާއަށް ދައުވާ ކުރަނީ!
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
ހަނގުރާމަ ދެތިން ހަފްތާގެ ތެރޭގައި ނިންމާލެވިދާނެ: ޓްރަމްޕް
