ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝޯޝަލް މީޑިއާ މެދުވެރިކޮށް މަރުގެ އިންޒާރުދިން މީހާ ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުށި، މަލަސް، މަސީހު މޫސާއެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ، އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މަސީހު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. އަދި އޭނާގެ ފޯނު ކޯޓް އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމަނިކުފާނަށް މަރުގެ އިންޒާރު ދީފައި ވަނީ ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދޭން މަޝްވަރާއަށް ދާން ހުށަހެޅުމުންނެވެ.
ރައީސް އެކްސްގައި ވިދާޅުވެފައި ވަނީ މސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ރާއްޖެއަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ލިބޭގޮތަށް ހަރުކަށި ބަދަލުތަކެއް ގެންނަން ހުށައަޅުއްވާފައިވާ ކަމަށެވެ. މިކަމާ ގުޅިގެން ނޫހަކުން ހަދާފައިވާ ޚަބަރެއް ސޯޝަލް މީޑިއާގައި ހިއްސާކޮށް، މަސީހް ވަނީ ރައީސަށް ހުތުރުބަހުން މުޚާތަބުކޮށް "މަރާލަން ޖެހޭ"ކަމަށް ލިޔެފައެވެ.
މަޝްވަރާތަކަށް އީރާނުގެ ހާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގެންފި
ރިއާނާގެ އިންޑިއާ ދަތުރާއެކު، ފޭނުން ޝޯއެއްގެ އިންތިޒާރުގައި
"ހަޤް" ފިލްމުގެ ރޯލަށް ޔާމީ ގުރުއާން ދަސްކުރި ކަމަށް ބުނެފި
