ކުޅުދުއްފުށި ސިޓީން ގެއްލިގެން ހޯދަމުން ދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ގެއްލިގެން ހޯދަން ފަށާފައިވަނީ އެ ރަށު ޖިފުޑި، 67 އަހަރުގެ ހަސަން މޫސާ އެވެ.
ފުލުހުން ބުނީ އޭނާ ގެއްލުނީ މިއަދު ފަތިހު 5:00ހާއިރު ގެއިން ނުކުމެެގެން ދުވަން ދިޔަ ފަހުން ކަމަށާއި، އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 10:30 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް، ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހާނާ ތެރޭގައި ވެއްޓިފައި އޮއްވައި ފެނުމާ ގުޅިގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި މީހާގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ހެނދުނު ބަނޑުހައި ނުވުމަކީ ހަކުރު ބަލީގެ އަލާމާތެއް ތަ؟
"ޖޭމްސް ބޮންޑް"ގެ ގޮތުގައި ދެން ފެންނާނީ ކޮން ތަރިއެއް؟
އުމުރާއެކު ފިރިހެނުންގެ ދިރިއުޅުމަށް ވެސް ބަދަލު ގެންނަން ޖެހޭ!