ބޮލީވުޑްގެ ތަރި ރަންބީރު ކަޕޫރުއަކީ ވަރަށް ކެތްތެރި އެކްޓަރެއް ކަމަށް އޭނާއާއެކު މަސައްކަތްކުރި ޕްރޮޑިއުސަރެއް ކަމަށްވާ ބޮނީ ކަޕޫރު ބުނެފި އެވެ.
2023 ވަނަ އަހަރުގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"ގައި ރަންބީރުއާއެކު މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކުރަމުން ބޮނީ ބުނެފައިވަނީ ރަންބީރުއަކީ އޭނާގެ މަސައްކަތުގައި ކެތްތެރިކަން އިސްކުރާ މީހެއް ކަމަށެވެ.
އެގޮތުން އެ ފިލްމުގެ މަންޒަރަކަށް ރަންބީރު 52 ފަހަރު ރީޓޭކް ނަގަން ޖެހުނު ކަމަށާއި އެހެން ނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ޝަކުވާއެއް ނުފެންނަ ކަމަށް ބޮނީ ބުންޏެވެ.
އެހާ ގިނަ ރީޓޭކް ނަގަން ޖެހުނުއިރު ވެސް ރަންބީރުގެ ފަރާތުން އެހެން ކާސްޓުންނަށާއި ކްރޫއިންނަށް ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ބޮނީ ފާހަގަކުރި އެވެ.
"ރަންބީރަކީ ލައްކައަކުން އެކެއް. އަހަރެން ދުވަހަކު ވެސް ނުދެކެން އޭނާ ބޮޑާ ހާކަނިކޮށް. ދުވާލަކު މެދުނުކެނޑި 16 ގަޑިއިރު ޝޫޓިންގައި އުޅެން ޖެހުނަސް" ބޮނީ ބުންޏެވެ.
ރަންބީރުގެ އިތުރުން ޝްރައްދާ ކަޕޫރު ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އަކީ ބޮނީ ކަޕޫރު ޕްރޮޑިއުސްކުރި ފިލްމެކެވެ.

ޒަހަމްވި ނަމަވެސް މޮޖްތަބާ ހާމަނާއީ މަސައްކަތުގައި އުޅުއްވާ
ރޯދަ މަހު ފޮނި ކެއުންތަކުން ދުރުވާނެ ދެތިން ގޮތެއް!
ބީއެމްއެލްގެ އިންޓަނޭޝަނަލް ވޮލެޓް "ސްޕައިޕް" އައްޑުއަށް