ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޝާމިލުވާ ކަމަށް ތުހުމަތުކޮށް ދައުވާކޮށްފައިވާ ވެރިކަންކުރާ ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ގއ. ވިލިނގިލި، ލައިޓްހައުސް ޝަހީބު އިބްރާހިމް ފުލުސް އޮފީހަށް ދިޔުމުން ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭ ފަޅު ތެރޭ އަޅާފައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ ޑްރަގް ހޯދީ 2020 ވަނަ އަހަރު ގެ ތެރޭގަ އެވެ.
ފުލުހުން ބުނީ އެ މައްސަލާގައި އިސްކޮށް އުޅެނީ ޝަހީބު އާއި ހއ. ހޯރަފުށި، ވައިލެޓްވިލާ، އަހްމަދު މޫސާ ކަމަށެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ކޯޓަށް ހާޒިރުނުވެ ޝަހީބު އުޅުނީ ފިލައިގެންނެވެ. އޭނާ ހޯދަން ފުލުހުން އިއުލާން ވެސް ކުރި އެވެ.
ފުލުހުން ބުނީ ޝަހީބު މިއަދު އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.