އައްޑޫ ސިޓީގެ ހިތަދޫ ވިޔަފާރި ބަނދަރުން ވަގަށް އެތެރެކުރަން އުޅެނިކޮށް، ހިފެހެެއްޓި ސިނގިރޭޓުގެ ޖުމްލަ އަގު 15 މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން ބުނީ އައްޑޫ ވިޔަފާރި ބަނދަރުން ޖުމްލަ 1.8 މިލިއަން ސިނގިރޭޓު ހިފެހެއްޓި ކަމަށެވެ.
އެ މައްސަލައިގެ އިތުރު ތަފްސީލު ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.
ކަސްޓަމްސް އިން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިދިޔަ އޭޕްރީލް މަހު ވެސް އައްޑުއަށް ސިއްރުން އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގަތެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރިފަހުން ވަގަށް ސިނގިރޭޓް އެތެރެކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.
"ގްރީން ޓީ"އަކީ ހަޖަމު ކުރުމުގެ މައްސަލަތަކަށް ފަރުވާއެއް ތަ؟
ކަސްރަތު: ހިތާމައާއި ރުޅިވެރިކަމުން އަރައިގަންނަން މަގެއް؟
ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެބައޮތް: އީރާން
