ދިރާގު 'އެންރޯލް އެންޑް ވިން ދެ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދޭ 2 ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހަތަރު ގުނަ ކުރުމަށް ބާކީ ތިން ދުވަހަށް ވަނީ ވެފަ އެވެ. މި ގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެންރޯލް ކުރާ ކޮންމެ ކަސްޓަމަރަކަށް ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު ހަތަރު ގުނައަށް އިތުރުވެގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.
'އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، ލިމިޓެއްނެތް ފައިބަރ ކަސްޓަމަރުންނަށް އަދި އަލަށް ދިރާގާ ގުޅޭ ކަސްޓަމަރުންނަށް ކޮންމެ ހަ މަހަކުން މުޅިން އައު ސްޕޯޓްސް ސްޕީޑްބޯޓެއް ހޯދުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން، ދިރާގުޕޭއަށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގެ ސްޕީޑްބޯޓް ހޯދުމުގެ ފުރުސަތު އިތުރުވާނެ އެވެ. އަދި، މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ދިރާގުޕޭއަށް ރަޖިސްޓަރކުރާ ކަސްޓަމަރުންނަށް ވެސް މި ފުރުސަތު ލިބި، މި އަގުހުރި އިނާމްތައް ހާސިލުކުރުމުގެ ފުރުސަތު އިތުރުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި ގޮތުން، ދިރާގު ޕްރީޕެއިޑް ޕްލޭންތަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ރީލޯޑްކުރާ ކަސްޓަމަރުން، ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކަށް، އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭންއަކަށް 450 ރުފިޔާ ނުވަތަ އެއަށްވުރެން މަތިން ބިލްދައްކާ ކަސްޓަމަރުންނަށް އަދި ދިރާގު ލިމިޓެއްނެތް ފައިބަރ 40އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތަކުގެ ކަސްޓަމަރުންނަށް މި ޕްރޮމޯޝަންގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ އެވެ.
ދިރާގު ކަސްޓަމަރުންނަށް އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނަށް ހާއްސަ ޕޯޓަލް މެދުވެރިކޮށް 31 މާރިޗު 2026 ގެ ކުރިން އެންރޯލްކުރެވޭނެ އެވެ.
މި ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ދިރާގުން ދިނުމަށް ހަމަޖެހިފައިވަނީ އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެވެ. މި ހިތްގައިމު ސްޕީޑްބޯޓުތަކަކީ އެކި ކަންކަމަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ބާރުގަދަ ސްޕީޑްބޯޓްތަކެކެވެ. މި ކޮންމެ އުޅަނދެއްގައި ޔަމަހާ 250 ހޯސްޕަވަރުގެ އިންޖީނެއް ވެސް އެކުލެވިގެންވެއެވެ.
މި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު މި ލިންކުގައި ވަނީ ހިމަނައިފައެވެ.
ދިރާގުން ދަނީ މި ފަދަ ހާއްސަ ޕްރޮމޯޝަންތަކުގެ ޒަރިއްޔާއިން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދީ، ރާއްޖޭގައި އެ ފަދަ ދެވަނައެއް ނެތް ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.