ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒްއާއި އޭނާގެ ލޯބިވެރިޔާ އަނާ ޑި އަރްމާސް ކައިވެނި ކުރަން ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
ހޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުގައި ޓޮމްގެ ފިލްމު "މިޝަން އިމްޕޮސިބަލް"އާ އެއްގޮތަށް އޭނާގެ ކައިވެނި ވެސް ބާއްވަން ހަމަޖެހިފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ.
އެގޮތުން އެ ދެމީހުންގެ ކައިވެނި ކުރަން ހަމަޖެހިފައިވަނީ ސްކައި ޑައިވިންގެ ހަރަކާތެއްގެ ތެރެއިން ކަމަށް ބައެއް މަސްދަރުތަކުން މީޑިއާއަށް މައުލޫމާތު ދީފައިވެ އެވެ.
"އެމީހުން ބޭނުންވަނީ އެމީހުންގެ ކައިވެންޏަކީ ވެސް މިޝަން އިމްޕޮސިބަލްގައި ހިމެނޭ ފަދަ ތަފާތު ސްޓަންޓްއެއްގެ ތެރެއިން ކުރާ ކަމަކަށް ހަދަން" ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ބުނެވޭ ގޮތުގައި ޓޮމްއާއި އަނާއަކީ ވެސް އެފަދަ ކަންކަން ކުރަން ވަރަށް ޝައުގުވެރިވާ ދެމީހުންނެވެ. އެހެން ކަމުން ސްކައި ޑައިވިން ކައިވެންޏަކީ އެމީހުންނަށް އެންމެ ފުރިހަމަ ކައިވެންޏެވެ.
އުމުރުގައި ގާތްގަނޑަކަށް 26 އަހަރުގެ ތަފާތެއް ހުންނަ ޓޮމްއާއި އަނާ އެމީހުންގެ ގުޅުން މީޑިއާއަށް ޔަގީން ކޮށްދިނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
މޮޓޯއެކްސް އިން ހިތްގައިމު ރީތި ސީއެފް މޮޓޯ 150 ތައާރަފުކޮށްފި
ދުވާލަކު 35 ބޭސް ކާ ކަމަށް ކިމް ބުނުމުން މާހިރުން އިންޒާރު ދީފި
ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ހޯދަން ކުރެވިދާނެ 10 ކަމެއް!