ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ފަސް އެއާޕޯޓްގެ މަސައްކަތް ނިންމަން މާކެޓް ރޭޓަށްވުރެ ބޮޑު އަގެއްގައި ކުއްޔަށް ނަގައިގެން ރާއްޖެ ގެންނަން އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.
އެމްއޭސީއެލް އިން އުޅެނީ މިކަން ސިއްރުކޮށްގެންނެވެ. ނަމަވެސް "ހުރިހާ"އަށް ކަށަވަރުވެފައިވާގޮތުގއި އެ ޑްރެޖަރު ކުއްޔަށް ނަގަން ނިންމާފައި ވަނީ 50 މިލިއަން ޑޮލަރަށެވެ. މިއީ އެމްޓީސީސީން "މަހާޖައްރާފު" ގަންނަން ހަރަދުކުރި 31.8 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަގެކެވެ.
އެނގިފައިވާގޮތުގައި އެ ކުންފުނިން ކުއްޔަށް ނަގައިގެން ރާއްޖެ ގެންނަން ނިންމާފައި ވަނީ އެމްޓީސީސީން ވެސް މީގެކުރިން ކުއްޔަށް ގެނައި "ފިލިޕޯ ބްރޫނެލެސްކީ" ޑްރެޖަރެވެ. ދުބާއީގައި ބަނދަރުކޮށްފައި މިވަގުތު އޮތް އެ ޑްރެޖަރަކީ ދުވާލަކު އެއް ހެކްޓަރުގެ ބިން ހިއްކުމުގެ ގާބިލްކަން ލިބިފައިވާ ޑްރެޖަރެކެވެ.
އެ ފަސް އެއާޕޯޓް އެޅުމަށް ބިން ހިއްކަން 50 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާކަން ވެސް ވަނީ އެނގިފަ އެވެ. މިކަން ކުރާނެ ބަޔަކު ހޯދަން އެ ކުންފުނިން ކުރި އިއުލާނެއް ފެންނާކަށް ނެތެވެ. އެހެންކަމުން މިކަމުގައި ކޮރަޕްޝަންގެ އަމަލުތައް އެކުލެވިގެންވާ ކަމަށް ތުހުމަތުކުރުމުގެ ޖާގަ އެބައޮތެވެ.
އެމްއޭސީއެލްއާ ހަވާލުކޮފައި ވަނީ ހދ. މަކުނުދޫ އެއާޕޯޓާއި، ރ. ފައިނު އެއާޕޯޓާއި، އއ. މަތިވެރި އެއާޕޯޓުގެ އިތުރުން ތ. ވިލުފުށީ އެއާޕޯޓާއީ ތ. ގުރައިދޫ އެއާޕޯޓު މަޝްރޫއެވެ. އެ އެއާޕޯޓްތައް އެޅުމަށްފަހު ހިންގާނީ ވެސް އެ ކުންފުނިންނެވެ.
ދިރާގު ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު ހަމަވަވަނީ
"ތޭރޭ ނާމް" އަދި "ރަންގީލާ"ގެ ސީކުއަލްއަށް ފެހި ސިގްނަލް ދީފި
"ބިގް ބޭންގް ތިއަރީ"ގެ ތަރި ކޭލީ ދެވަނަ ދަރިފުޅަށް ބަނޑުބޮޑު!
