އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ގަޔަށް ކަޅުތެޔޮ ޖެހި މައްސަލައިގައި ކުށަށް އިއުތިރާފުވި ދެ މީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ޖަލު ހުކުމް އިއްވައިފި އެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ގއ. ދާންދޫ، ސަންލައިޓްވިލާ، އަހްމަދު ރިޝްމާހާއި މ. ކޯރަސް، އަހްމަދު ރައިހާމް ނައީމްގެ މައްޗަށެވެ. ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވުމުގެ ދައުވާއާއި ގައިގައި އަތްލުމުގައި ބައިވެރިވުމުގެ ދައުވާއަށް ވެސް ޝަރިއަތުގައި އެ މީހުން ވަނީ އިއުތިރާފުވެފަ އެވެ.
އިއުތިރާފުގެ ސަބަބުން އަދަބު ލުއިކޮށް، މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވި ކުށުގައި ރިޝްމާހުގެ މައްޗަށް އިއްވީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، މި މައްސަލައިގައި ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒު ކުރަން ޖެހެނީ ވިހި ދުވަހުގެ ޖަލު ހުކުމެއް ކަމަށާއި، ގައިގައި އަތްލުމުގެ ކުށަށް އިއްވި 18 ދުވަހުގެ ހުކުމާއެކު އޭނާ ތަންފީޒު ކުރަން ޖެހޭ ކުށުގެ ޖުމްލަ މުއްދަތަކީ 38 ދުވަހެވެ.
މި މައްސަލައިގައި ދެން ހިމެނޭ ރައިހާމްގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ކުށް ސާބިތުވެ 27 ދުވަހުގެ ޖަލު ހުކުމެއް އިއްވި އިރު، ގައިގައި އަތްލުމުގެ ކުށް ސާބިތުވެ އިއްވީ 13 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމުގެ މަންމަ، މަންދީ ގަޔަށް ކަޅުތެޔޮ ޖެހީ މިދިޔަ އަހަރުގެ މާޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާއަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައި މާލޭގެ ވުޑްބެރީ ރެސްޓޯރެންޓު ހިމެނޭ ސަރަހައްދުންނެވެ.
ކޯޓު ރެކޯޑްތަކުން ދައްކާ ގޮތުގައި، މި މައްސަލައިގައި ހުކުމް ކުރެވުނު ރިޝްމާހަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ވެސް ހައްޔަރުކުރެވުނު މީހެކެވެ. އަދި ރައިހާމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަދެ، ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
ދުންފަތް އެތެރެކުރުމުގައި ދިވެހީންނަށް ވެސް ލުއި ދީފި
މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޞަބްރީއަށް ކޮރަޕްޝަންގެ ދައުވާ
މާހިރުންގެ ލަފާ ނެތި ބިލްތައް ފާސްކުރާތީ އެމްޑީޕީގެ ކަންބޮޑުވުން
