ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި މަޝްހޫރު ހޯސްޓު ނާފިއު ރަޝީދު (ނާއްޕެ) ހިމެނޭހެން ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.
ނާއްޕެގެ އިތުރުން އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، މ އެތުމާ، އަލީ އަޝްރަފް،35 އާއި ގދ. ވާދޫ، ޕެރިސް، ލުހާން ސައީދު،41 އާި ހ. ފިނިކުރި، އިބްރާހިމް ޝިނާން އަހުމަދު،33 އެވެ.
ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކުގައި ކަމަށެވެ. އަދި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
			އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި
		 އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
			އަނެއްކާވެސް ޝަހީމް އިތުރުފުޅު ހައްދަވައިފި
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 
								
								
 
					 
					 
					 
					 
					 
					 
					 
					 
					