ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހެނދުނު މާލެ ގެނެސްފި އެވެ.

ކަރެކްޝަން ސާވިސް އިން ބުނީ ރައީސް ޔާމީން މާލެ ގެނެސްފައިވަނީ ފުލުހުންގެ އިދާރާގެ ބޭނުމަކަށް ކަމަށެވެ.

ރައީސް ޔާމީން މިވަގުތު ހުންނެވީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސެއިން އާދަމް ބިލްޑިން ގަ އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން ބުނެފައެއް ނުވެ އެވެ.

ރައީސް ޔާމީން މިއަދު މާލެ ގެނައި އިރު، އެމަނިކުފާނުގެ ގެކޮޅަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ކޯލިޝަނުންނާއި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ވަނީ ސަރުކާރުގައި އެދިފަ އެވެ. އެކަމުގައި ސީދާ ޖަވާބެއް ރައީސް ސޯލިހް ދެއްވާފައިނުވާއިރު އެންމެ ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ދެރަ ގޮތެއް ނަހައްދަވާނެ ކަމަށެވެ.