ލ. ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ރައީސް މުހައްމަދު މުއިއްޒު ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ހަވާލުކޮށްފައި ވަނީ ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޑެޓާ އެވެ. އެކަމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީ އާއި އެ ކުންފުންޏާ ދެމެދު ވަނީ ސޮއިކޮށްފަ އެވެ.
އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ޓޫރިޒަމް މިނިސްޓްރީން ހާމައެއްނުކުރެ އެވެ.
މީގެއިތުރުން ރައީސްގެ ދަތުރުފުޅުގައި ވަނީ ލ. ހުޅިމެންދޫގައި ފަސް ތަރީގެ ހޮޓެލް ސްކޫލަކާއި ރިސޯޓެއް ތަރައްގީކުރުމަށް ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ މިދިޔަ އަހަރު ހަވާލުކުރި މަޝްރޫއު، އެ ޔުނިވާސިޓީން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.
މުދާ އުފުލާ ބޯޓެއް ފަރަށް އަރައި، އެކަކު ގެއްލިގެން ހޯދަނީ
މާސްޓާ ކާޑުން ބީއެމްއެލްގެ އަގުވަޒަންކޮށްފި
ފަލަސްތީނަށް ތާއީދުކުރާ ހޮލީވުޑް އެކްޓަރުން ބޮއިކޮޓް ކުރަނީ!
