އައްޑު އަތޮޅުގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ވަގުތު ހަމަވިއިރު، ވޯޓުލުމުގެ ހައްގު ލިބޭ 9،000 މީހުންގެ ތެރެއިން ވޯޓު ލީ އެންމެ 35 އިންސައްތަ މީހުންކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސަރުކާރުން އަޑީގައި އޮވެގެން އައްޑޫ ބައިބައިކުރަން ނަގާ ވޯޓުލުމުގެ ވަގުތު ހަމަވެފައިވާއިރު، މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުން މިއަދު ހެނދުނު 8 ޖެހިއިރު ވަނީ ފަށައިފަ އެވެ. މިއީ އައްޑޫގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓެލެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހެނދުނު 3 ޖެހުމާ ހަމައަށް 3،410 މީހަކު ވޯޓު ލާފައިވާ ކަމަށެވެ. އެއީ 1715 އަންހެނުންނާއި 1،695 ފިރިހެނުންނެވެ. މި ވޯޓުގައި 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ވުމާއެކު 3 ޖެހުމާ ހަމައަށް ވޯޓު ނުލައި 6،166 މީހުން ތިއްބެވެ.
އައްޑޫގެ ރަށްރަށުގެ މެދުގައި ވަކި ކައުންސިލްތަކެއް އުފެއްދުމާ މެދު ވޯޓެއް ނަގަނީ ސަރުކާރުގެ ރޭވުމުގެ ދަށުންކަމަށް އައްޑޫ ރައްޔިތުންް ބުނެއެވެ.
މި ވޯޓު ނަގަނީ ބައެއް ރަށްރަށުން މައި އައްޑޫ ސިޓީ ކައުންސިލުން ވަކިވެ، ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވާތީ ކަމަށް ބުނެ އެވެ. މިކަމުގައި ގާނޫނީ ގޮތުން ގެނެވޭނެ ބަދަލަކީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ފަހުގައި ކަމަށް ވާތީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ މިކަމުގައި ސުވާލެއް ހުށައަޅުއްވާފަ އެވެ. އެގޮތުން ސިޓީގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓު މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވަނީ ކުރިޔަށް ގެންގޮސްފަ އެވެ.
އައްޑޫ، ސިޓީއެއްގެ ގޮތުގައި އޮތުމަށް ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް 2010 ވަނަ އަހަރު ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް މި ތިން ރަށުގެ ރައްޔިތުން ވޯޓު ދީފައި ވަނީ ސިޓީއެއް ބޭނުންނުވާ ކަމަށެވެ.
ދީނީ ދަރުސް ދިނުމަށް ޑރ. ޝިހާމަށް ސަރުކާރުން ހުރަސްއަޅައިފި
ތުޅާދޫ މިސްކިތް މައްސަލައިގައި ޝަހީމް ހެއްދެވީ ދޮގު: ކައުންސިލް
ޖެނިފާއާއި ރީސްގެ އެކުވެރިކަމުގައި ކުނި ޖެހުނީ ކީއްވެ؟