ހުޅުމާލޭގައި ބިދޭސީންތަކެއްގެ އަތުން ވަގަށް ނެގި 20،000 ޑޮލަރު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:40 ހުޅުމާލޭ ފޭސް 2 ގައި ބިދޭސީން ދިރިއުޅޭ ސައިޓެއްގައި އޮތް ދަބަހަކުން 20،000 ޑޮލަރާއި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓްކުރި ކަމަށެވެ.
އެ ތަކެތި ހޯދުމަށް ފުލުހުން އެ ސަރަހައްދު ފާސްކުރަމުން ދިޔައިރު، ގެއްލުނު 20،000 ޑޮލަރާއި ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށާއި އަދި ފެނުނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މޮބައިލް ފޯނުތަކުން ފިރިހެނުންގެ ދަރިފަނި މަދުވޭ: ދިރާސާ
"މެޖޯރިޓީން ނިންމާނީ ރަނގަޅަށް، އެ ނިންމުމަށް އިހުތިރާމުކުރަން"
ޑާކްރެއިންއާއެކު "އަލްވަދާއު" ކިޔަން ތައްޔާރުތަ؟