އެމްޑީޕީ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯއްޗާއި ފްލެޓްތައް ދޫކުރުން މިހާރުގެ ސަރުކާރުން ލަސްކުރުމަކީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒިމް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ދީފައިވާ ގޯތިތަކާއި ފްލެޓްތައް އެ ދިން ގޮތަށް ރައްޔިތުންނަށް ދޭންޖެހޭނެ ކަމަށާއި، އެއްވެސް ހާލެއްގައި އެ އެއްޗެހި އަނބުރާ ނުނެގޭނެ ކަމަށެވެ.
އޭނާ މި ސަރުކާރަށް ގޮވާލައްވާފައި ވަނީ، ދަފްތަރުގައި ނުވަތަ ކުދި ތަންތަން ކޮޅުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅުންގެ ބިން އަވަހަކަށް ހިއްކައި ގޯތި ދިނުމުގެ މަސައްކަތް އަވަސްކުރުމަށެވެ.
އެކްސްގައި އާޒިމް ކުރެއްވި ޕޯސްޓުގައި އިޖުތިމާއީ މައްސަލަތަކަށް އަޅިއަޅުވާލައްވާ ވިދާޅުވީ، ރަނގަޅު ބޯހިޔާވަހިކަމެއް ނުލިބި، ދަތި ހާލުގައި ރައްޔިތުންނަށް އުޅެން ޖެހިފައި އޮތުމުގެ ސަބަބުން އިޖުތިމާއީ މައްސަލަތައް ބޮޑުވެފައިވާކަން އެއްވެސް މީހަކަށް ނޭނގޭ ކަމަށް ނުބެލެވޭނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ބިންތައް ހިއްކަން ބޭނުންވާ ޑްރެޖަރުތައް އޮކްޓޯބަރު މަހުގެ ތެރޭގައި އަންނާނެ ކަމަށް އެޗްޑީސީން ކުރިން ބުންޏެވެ. ނަމަވެސް އޮކްޓޯބަރު މަސް ނިމުނުއިރު ވެސް ޑްރެޖަރުތައް ނާދެ އެވެ.
ވަޒީފާގައި މާ ގިނައިރު އުޅޭނަމަ އުމުރު ކުރުވޭ: ދިރާސާ
ގިރާވަރު ފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް
ހަމަނިދި ނުލިބުމަކީ ސިއްހަތަށް ނުރައްކަލެއް!