މާލޭގެ އެމްޕީއެލްއާ ދިމާލުން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އަނިޔާވި ހަ މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާ މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 3:44 ހާއިރު ކަމަށެވެ.
އަނިޔާވި ހަ މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހީންނާއި ދެ ބިދޭސިންނެވެ.
ހާލު ސީރިއަސްވެ ފަރުވާދެމުން ދަނިކޮށް މަރުވީ ބަންގްލަދޭޝްގެ، މަސްއޫދު ހޮސައިން،32،އެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުމުގެ ދެ ހާދިސާއެއްގައި މި އަހަރު ވަނީ ބައެއް މީހުން މަރުވެފަ އެވެ.
ރިއާނާގެ އިންޑިއާ ދަތުރާއެކު، ފޭނުން ޝޯއެއްގެ އިންތިޒާރުގައި
އަމިއްލަ ގެއަށްވުރެ މައިބަފައިންގެ ގެ ކަމުދަނީ ކީއްވެ؟
އިހްސާން އިސްތިއުފާ ދޭން ޖެހޭ ކަމަށް ޝަމްއާން ވިދާޅުވެއްޖެ
