މިދިޔަ އާދީއްތަ ދުވަހު ފާހަގަކުރި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާންގެ އުފަންދުވަހު އެތައް ހާސް ބަޔަކު އޭނާގެ ގެ، "މަންނަތު" ކައިރިއަށް އެއްވި އެވެ. އެ އެންމެންގެ ވެސް ބޭނުމަކަށްވީ ހަމަލޮލުން ޝާހްރުކް ޚާން ދެކިލުމެވެ.
ކޮންމެ އަހަރަކު ވެސް ޝާހްރުކް ޚާންގެ އުފަން ދުވަހު އޭނާގެ ގޭގެ ބެލްކަންޏަށް ނުކުމެ ސަޕޯޓަރުންނާ ބައްދަލު ކޮށްލުމަކީ ޝާހުގެ އާދައެކެވެ. އެހެން ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އޭނާގެ ފެނިލުމެއް ފެނިފައެއް ނުވެ އެވެ.
އެއާއެކު އެތަނަށް އެއްވެ ތިބި ގިނަ ބަޔަކު ނާއުއްމީދު ކުރުވިއިރު އާދައިގެ މަތިން ޝާހްރުކް ޚާން ބެލްކަންޏަށް ނުނިކުތީ ކީއްވެގެންތޯ ވެސް ގިނަ ބަޔަކު ސުވާލު ކުރަން ފެށި އެވެ. އެގޮތުން އޭނާގެ ސިއްހަތާމެދު ވެސް ސަޕޯޓަރުން ކަންބޮޑުވި އެވެ.
މިކަމާ ބެހޭގޮތުން އެކްސްގައި ޝާހްރުކް ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާގެ ފެނިލުމެއް ނުފެނުނީ ކަމާބެހޭ ފަރާތްތަކުން ސަލާމަތީ ކަންބޮޑުވުންތަކެއް ހުރިކަމަށް އެންގުމުން ކަމަށެވެ.
"ތޮއްޖެހުން ބޮޑުވުމުން އަހަރެން ބޭރަށް ނުކުތުން ރައްކާތެރި ނޫންކަމަށް އިދާރާތަކުން ވަނީ އަންގާފައި. ހިތުގެ އަޑިން މައާފަށް އެދެން" ޝާހްރުކް ޚާން ބުނެފައިވެ އެވެ.
އެއާއެކު އޭނާ ވަނީ ސަޕޯޓަރުން އުއްމީދު ކޮށްގެން ތިބި ގޮތަށް އެއްވެ ތިބި މީހުންނާ ބައްދަލު ނުކުރެެވުނީތީ ހިތާމަކުރާ ކަމަށް ބުނެ އެކަމަށް މައާފަށް ވެސް އެދިފަ އެވެ.
މިއަހަރު ފާހަގަކުރި ޝާހްރުކް ޚާންގެ 60 ވަނަ އުފަން ދުވަހު އޭނާގެ ކުރިއަށް އޮތް ފިލްމު "ކިންގް"ގެ ފަސްޓް ލުކް ވެސް އާއްމުކޮށްފައިވެ އެވެ.
މަމްދާނީއަށް ވޯޓު ނުދީ ކޫމޯއަށް ވޯޓު ދޭން ޓްރަމްޕް އެދެފި
ޑްރަގް ބަރުކުރި ބޯޓެއް އަތުލައިގެންފި