ކުރު މެދުކެނޑުމަކަށްފަހު ހޮލީވުޑްގެ މައްސަލަ ބޮޑު ތަރި ބްރިޓްނީ ސްޕިއާސް އަނެއްކާވެސް ސޯޝަލް މީޑިއާ ބޭނުން ކުރަން ފަށައިފި އެވެ.
ބްރިޓްނީ އަލުން ސޯޝަލް މީޑިއާއާ ގުޅިފައި މިވަނީ އޭނާއަކީ ރަނގަޅު މަންމައެއް ނޫން ކަމަށް އޭނާގެ ކުރީގެ ފިރިމީހާ ކެވިން ފެޑާލައިންގެ ފޮތުގައި ބުނެފައިވަނިކޮށެވެ.
އެގޮތުން އިންސްޓަގްރާމަށް އަލުން އައުމަށްފަހު ބްރިޓްނީ ކުރި ފުރަތަމަ ޕޯސްޓުގައި ބުނެފައިވަނީ މި އަހަރު ތެރޭގައި ވަރަށް ގިނަ ކަންކަން ހިނގާފައިވާ ކަމަށާއި އެކަންކަމުން އަމިއްލަ ނަފްސު ހިމާޔަތް ކުރަން ޖެހުނު ކަމަށެވެ.
މިދިޔަ މަހު ބްރިޓްނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓް ކޮށްލުމުގެ ކުރިން އޭނާ ވަނީ ކެވިންގެ އެ ތުހުމަތުތަކަށް ރައްދުދީ އެއީ މުޑުދާރު ތުހުމަތުތަކެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
ކެވިންގެ ފޮތުގައި ބުނެފައިވާ ގޮތުގައި ބްރިޓްނީ އޭނާގެ ދަރިންނަށް ގާތުން ދިނުމުގެ ކުރިން ކޮކެއިން ބޭނުން ކުރެ އެވެ. އޭގެ އިތުރުން ވެސް އޭޭނާ ޑްރަގްސް ބޭނުންކުރާ މަންޒަރު އެތައް ފަހަރެއްގެ މަތިން ފެނިފައިވާ ކަމަށް ވެސް ކެވިން ބުނެފައިވެ އެވެ.
ބްރިޓްނީގެ އަމަލުތައް މީގެ ކުރިން ހުރި ގޮތުން އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
ފެނުގެ ނެޓްވޯކް ހަލާކުވެ ފުވައްމުލައް ފެނަށް ޖެހިއްޖެ
ޗައިނާއިން ހަކުރު ބައްޔަށް ދާއިމީ ފަރުވާއެއް!
އިމިގްރޭޝަންގެ ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒް ކޮށްފި