ދެހާހުގެ އަހަރުތަކުގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު މަހީމާ ޗައުދަރީގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު އެއް އިމްތިހާނަކީ އުރަމަތީގެ ކެންސަރާ ކުރަން ޖެހުނު ހަނގުރާމަ އެވެ.
މިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި މަހީމާ ވަނީ ކެންސަރު ބަލީގައި އޭނާ ކުރަން ޖެހުނު ތަޖުރިބާ އާއްމުންނާ ހިއްސާ ކޮށްފަ އެވެ.
މަހީމާ ބުނީ ކެންސަރުގެ އެއްވެސް އަލާމާތެއް އޭނާއަށް ނުފެންނަ ކަމަށާއި ކެންސަރު ޖެހިފައި ހުރިކަން ވެސް އެނގުނީ ރޫޓިން ޗެކަޕެއްގެ ތެރެއިން ކަމަށެވެ.
"އެއްވެސް ކަހަލަ އަލާމާތެއް ނުފެނޭ. އަހަރެން ދިޔައީ ކެންސަރު ސްކްރީނިން އަކަށް ވެސް ނޫން. އެއީ ގަވާއިދުން ކޮންމެ އަހަރަކު ހަދާ ޗެކަޕެއް" މަހީމާ ބުންޏެވެ.
މަހީމާ މި ބީދައިން ވާހަކަ ދައްކާފައިވަނީ ދާދި ފަހުން އޮތް "ޔަންގް ވުމަން ބްރެސްޓް ކެންސަރ ކޮންފަރެންސް"ގައި ވާހަކަ ދައްކަމުންނެވެ.
މީގެ އިތުރުން ވެސް އޭނާއަށް ކެންސަރު ޖެހުނު ދުވަސްވަރާ މިހާރާ އަޅާ ބަލާއިރު ބަލީގެ ހާލަތު ވަރަށް ތަފާތު ކަމަށާއި ބޭނުންވާ ބޭސްތައް ލިބެން ހުރުމާއެކު ބަލީގެ ހޭލުންތެރިކަން ވެސް މިހާރު އިތުރުވެފައިވާ ކަމަށް މަހީމާ ބުންޏެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު މަހީމާ އެންމެ ފަހުން ފެނިގެން ދިޔައީ އަނޫޕަމް ކޭރްއާއެކު " ދަ ސިގްނޭޗާ"އިންނެވެ.
އިޒްރޭލުގެ މީހުންނަށް އެހީވާން ގާލް ގޮވާލައިފި
ޕައިލެޓުން މަދުވެ އިންޑިގޯގެ ފްލައިޓުތައް ކެންސަލްކުރަނީ
500 އަށް ވުރެ ގިނަ ވޭޕް ސާމާނު ރޭ އަތުލިން: ފުލުހުން