އުމްރާއަށް ގޮސް އުޅުނު، އިންޑިއާގެ ހައިދަރްއާބާދަށް ނިސްބަތްވާ 42 އުމްރާވެރިޔަކު، އެ މީހުން ދަތުރުކުރި ބަހާއި ޑީސަލް ޓޭންކަރަކާ އެކްސިޑެންޓުވެ މަރުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ދަންވަރު މި ހާދިސާ ހިނގީ މައްކާއިން މަދީނާއަށް ދަތުރުކުރަނިކޮށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓު ހިނގި ބަހުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ. އަދި އެންމެންނަކީ ވެސް ހައިދަރްއާބާދު މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ރޭ މެންދަމުން އަލިވެ ރާއްޖޭ ގަޑިން 1:00 ހާއިރު، މަދީނާގެ ބޭރުގައި އޮންނަ މުފްރީހަތު ވިލެޖް ކައިރީގަ އެވެ. އެކްސިޑެންޓު ހިނގުމާ އެކު ބަހުގައި އަލިފާން ރޯވި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހާދިސާއާ ގުޅިގެން، އިންޑިއާގެ އޮފިޝަލުން ސައުދީ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.
މިނިސްޓްރީއާ ދެމެދު އޮތް މައްސަލަ ހައްލުކުރަން އެލްޖީއޭއަށް
އޮޅިގެން ދިން ބޯނަސް، 6 މަސް ފަހުން އަތުލަނީ
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ