އއ. މާޅޮސް، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމް މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާ އުފުލައިފި އެވެ.
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި މާޅޮސް، މާހިޔާގޭގައި އަބްދުއްރަހްމާން ނިދާފައި އޮއްވައި ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި އަނިޔާތަކެއް ދިނުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ ވަނީ މަރުވަފަ އެވެ.
އެ މައްސަލާގައި ދައުވާ ކޮށްފައި ވަނީ އއ. މާޅޮސް، ފިޔަ، އަހްމަދު އާޝިދު އާއި ލިލީފެހި، މުހައްމަދު ވިސާމާއި ފިނިވާގެ، އަހްމަދު ފާރިސްގެ މައްޗަށެވެ.
އެ މީހުންގެ ތެރެއިން އާޝިދުގެ މައްޗަށް އަފުލާފައި ވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ އެވެ. ވިސާމާއި ފާރިސްގެ މައްޗަށް އުފުލީ މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.
ދަރިން ކިޔެވުމަށް ޝައުގުވެރި ކުރުވަން ކުރެވިދާނެ ދެތިން ކަމެއް!
ޕާޓީ ބައިބައި ނުވެ ކުރިއަށް ދިއުމަކީ މެމްބަރުންގެ އެދުން: ޝާހިދު
ނަޝީދަށް ފުރުސަތު ނުދިނުމުން ސަޕޯޓަރުން ނުރުހުންފާޅުކޮށްފި
