މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު ސައްޔާރާގެ ލީޑު ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭއާއި އަނީތު ޕައްޑާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަ ތަކަށް އަހާން ރައްދު ދީފި އެވެ.
ޖީކިއު އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އަހާން ވަނީ އޭނާއާއި އަނީތުގެ މެދުގައި އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކައި މީޑިއާގައި ދެކެވެމުން އަންނަ ވާހަކަތަކުގެ ހަގީގަތް ކިޔައިދީފަ އެވެ.
އަހާން ބުނީ އަނީތުއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށާއި ގިނަ ބަޔަކަށް ހީވެފައި އޮންނަނީ އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ކަމަށެވެ.
އެހެން ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށާއި އެ ދެމީހުންގެ މެދުގައި ގާތް ރަހުމަތްތެރިކަން ފިޔަވައި އެހެން ގުޅުމެއް ނެތް ކަމަށް އަހާން ބުނެފައިވެ އެވެ.
އަހާންއާއި އަނީތުގެ ފުރަތަމަ ފިލްމު "ސައްޔާރާ"އާއެކު އެ ދެމީހުންގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުގޮސް އެ ދެމީހުންގެ ޖޯޑަށް ގިނަ ބައެއްގެ ތަރުހީބު ލިބެން ފެށި އެވެ.
އެއާއެކު އަހާންއާއި އަނީތު އެކި ފަހަރު މަތިން އެކުގައި ފެންނަމުން ދިއުމާއެކު އެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އުފެދިފައިވާ ކަމަށް އަޑުތައް ފެތުރެން ފެށި އެވެ.
މަޖިލިސް މެމްބަރުންތަކެއްގެ ގޮނޑީގެ މައްސަލަ ކޯޓަށް
ހިތުގެ ދުޅަހެޔޮ ކަމަށް ހެނދުނުގެ 5 އާދައެއް!
ފައިސާ ނޫޓު ބޭނުންކޮށްގެން އާޓް އުފެއްދުމުގެ ފުރުސަތު