ތިން މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން ބުނީ، ވިލިނގިއްޔާއި ވާދޫއާ ދިމާ އަށް "ފެހިލާ" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު 16:59 އެހާކަންހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ދޯނީގައި ތިން މީހުން ތިބިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ދޯނި ކަފު ޖަހައިގެން ގުޅީފަޅަށް ވެއްދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އީރާންގެ އާ ސްޕްރީމް ލީޑަރު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފި
އީރާނުން އިޒްރޭލުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލަދީފި