ހިޔާ ޓަވަރެއްގައި ފައިސާއަށް ހަށިވިއްކަމުން ދިޔަ ދިވެހި ފިރިހެނަކާއި އުޒުބެކިސްތާނުގެ ހަތަރު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ދިވެހިރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، ފައިސާތައް ބޭނުންކުރުމާއި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަކަމަށް ލިބުނު މައުލޫމާތު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ހުސައިން ސޮލާހު،40، އާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ،40، އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ،31، އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ،28، އާއި އުމިޑަބޮނޫ ނެމަޓޯވާ،34، އެވެ.
މި ފަސް މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިން ކަމަށް ފުލުހުން ބުންޏެވެ. އަދި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެއެޕާޓްމަންޓް ބަލައިފާސްކުރިއިރު، 19،100 އަށްވުުރެ އެމެރިކާ ޑޮލަރާއި 18،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ހުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް އަދި އަނެއް ތިން އަންހެނުންނަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.
ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފަ އޮތް މީހަކު ފެނިއްޖެ
ސްކޭމްކޮށްގެން ޑޮލަރު ހޯދިކަމަށް ބުނެ ޒުވާނަކު ހައްޔަރުކޮށްފި
ސޯލިހާއި ޝާހިދުގެ ސަބަބުން ވަހީދު މަގާމު ދޫކޮށްލަައިފި
