މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސްއާއި އޭނާގެ ދުވަސްވީ ލޯބިވެރިޔާ މެކްސް މޮރޭންޑޯ އެންގޭޖްވިކަން މައިލީ ޔަގީން ކޮށްދީފި އެވެ.
މައިލީއާއި މެކްސް އެންގޭޖްވިކަން މީޑިއާއަށް ޔަގީން ކޮށްދީފައި މިވަނީ އެ ހަބަރުތައް މީޑިއާގައި ދައުރުވާތާ ދުވަސްތަކެއް ވީ ފަހުންނެވެ. އެ ހަބަރު އެންމެ ފުރަތަމަ ފެންމަތިވީ އަނގޮޓިއަކާއެކު މައިލީ ފެނުމުންނެވެ.
ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި މައިލީ ބުނީ ހަޔާތުގެ އާ ސަފްހާއެއް ފަށަން ހިތް ނުތަނަވަސް ވެފައި ވީ ނަމަވެސް އެކަމާ އުފަލުން ހުރި ކަމަށެވެ.
މައިލީއާއި މެކްސް އެންގޭޖް ވެފައި މިވަނީ ލޯބީގެ ގޮތުންު ގުޅިގެން އުޅޭތާ ހަތަރު އަހަރު ފަހުންނެވެ. މައިލީގެ އުމުރުން 33 އަހަރު ވެފައިވާއިރު މެކްސްގެ އުމުރަކީ 27 އަހަރެވެ.
މެކްސްއަކީ އިނގިރޭސި ބޭންޑެއް ކަމަށްވާ "ލިލީ"ގެ ޑްރަމް އާޓިސްޓެވެ. އެ ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީ ވެސް 2021 ވަނަ އަހަރު މިއުޒިކީ މަސައްކަތުގެ ތެރެއިންނެވެ.
މައިލީ އެންގޭޖްވެފައިވާއިރު ކައިވެނީގެ އެއްވެސް ތަފްސީލެއް އަދި މީޑިއާއަށް އެނގިފައެއް ނުވެ އެވެ. މީގެ ކުރިން އޭނާ ވަނީ އެކްޓަރު ލިއަމް ހެމްސްވޯތުއާ ކައިވެނިކޮށް ދެ އަހަރު އުޅެފަ އެވެ.
އެޗްޑީސީން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާ ދީފި
ނިދާފައި އޮންނައިރު މާ ބޮޑަށް ދާހިއްލާނަމަ ސަމާލުވޭ!
ހުއްދަ ނެތި ދުންފަތުން ބާވަތްތައް ވިއްކި ތަނެއް ބަންދުކޮށްފި